Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޕެންޝަން ފައިސާއިން ހައްޖަށް ދެެވޭ ގޮތް ހެދުމަށް، އަސްލަމް ހުށަހަޅުއްވައިފި

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ ގޮތަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ގާނޫނަަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމު މަޖްލިސްއަށް ހުށަހަޅައިފިއެވެ.

އަސްލަމް ވަނީ ޕެންޝަނާއި ބެހޭ ގާނޫނަށް ދެ އިސްލާހެއް މިއަދު ހުށަހަޅާފައެވެ. އެގޮތުން ފުރަތަމަ އިސްލާހު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަން ޕެންޝަން ސްކީމް މެދުވެރިކޮށް ދެވޭ ގޮތް ހަމަޖެއްސަން ޖެހޭ ކަމަށެވެ.

ދެވަނަ އިސްލާހެއްގެ ގޮތުން ޕެންޝަން ގާނޫނަށް އަސްލަމް ހުށަހެޅުއްވީ އަސާސީ ޕެންޝަންގެ ގޮތުގައި ދޭ އަދަދަކީ 5000 ރުފިޔާއަށް ކަމަށް ގަނޫނުގައި ހިމެނުމަށެވެ. އަސާސީ ޕެންޝަންގެ ގޮތުގައި ރައީސް ޔާމީން 5000 ރުފިޔާ ދެެއްވަނީ ގާނޫނުން ބޭރުންނެވެ. ގާނޫނުގައި މިހާރު އޮންނަނީ އަސާސީ ޕެންޝަންގެ ގޮތުގައި 2000 ރުފިޔާ ދިނުމަށެވެ.

ރައީސް ސޯލިހުގެ ވައުދުތައް ފުއްދުމަށް 16 ގާނޫނަކަށް ބަދަލު ގެނައުމަށް ބަންޑާރަ ނައިބް އޮފީހުން ވަނީ ނިންމާފައެވެ. ރައީސް ސޯލިހު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ އެމަނިކުފާންގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ޕެންޝަން ފައިސާއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެކަމަށެވެ. މިއީ ގިނަ ދިވެހިން ދެކެމުން އައި ހުވަފެނެކެވެ.