Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

އަޅުގަނޑު މިދަންނަވަނީ ޔާމީން ނެންގެވި 17 މިލިއަން އަނބުރާ ދެއްވުމަށް: ޖާބިރު

ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެންގެވި ކަމަށް ބުނާ 17 މިލިއަން ރުފިޔާ އަނބުރާ ނުދެއްވާތީ މަކަރާއި ހީލަތުގެ މައްސަލަ ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/chairmanjabir/status/1072339183056928769

"ޔާމީންއަށް އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު އަތުން އެކި ފަހަރު މަތިން ނަންގަވާފައިވާ 17 މިލިއަން ރުފިޔާ އަނބުރާ ދެއްވުމަށް، ދެންނެވުމުންވެސް ނުދެއްވީތީ މަކަރާއި ހީލަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އަތުން ރައީސް ޔާމީން 17 މިލިއަން ރުފިޔާއެއް ނަންގަވައިގެން އެކަން ފުލުހަށް ހަށަހަޅަން ނިންމާފައިވާއިރު، ރައީސް މައުމޫނު އަބްދުލް ގައްޔޫމުވެސް ޖާބިރު އަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއެއް ހޯއްދެވުމަށް ޖާބިރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.