Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ދެ މިނިސްޓްރީއަކަށް ނައިބު މިނިސްޓަރުން ހަމަޖައްސަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ މިނިސްޓްރީއަކަށް ނައިބުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބް މިނިސްޓަރުން އައްޔަންކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއަށާއި، އިސްލާމިކް އެފެއާޒް މިނިސްޓްރީއަށް ކަމަށެވެ.

އެގޮތުން އެޑިއުކޭޝަންގެ ނައިބުގެ މަގާމަށް ގއ. ވިލިނގިލި، އަލަދަޑިއާގެ ޝަރުމާ ނަޞީރާއި އިސްލާމިކް އެފެއާޒްގެ ނައިބުގެ މަގާމަށް ގދ. ތިނަދޫ، ގީނާ އަޙްމަދުﷲ ޖަމީލުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިހާތަނަށް 26 ސްޓޭޓް މިނިސްޓަރަކާއި 10 ނާއިބުން އައްޔަން ކުރައްވާފައެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަން ކުރަމުންދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ބައި އަޅައިގެންނެވެ.