ވިސާގެ ކަންކަމުގައި ލުއި ފަސޭހަ ތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ-އިންޑިއާ ކޮންސިއުލާ މަޝްވަރާތަކުގެ ދެވަނަ ބުރު ފެއްޓުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާގެ ކަންކަމުގައި ދަތި އުނދަގޫ ދުުވަސްތަކެއް ތަހައްމަލްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި އެކަމަށް ދެ ފަރާތުން ގުޅިގެން ހައްލެއް ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
Working on improving the people-to-people relationship!
The Second Round of #Maldives–#India Consular Talks begins at the Ministry of Foreign Affairs today, aimed at addressing the difficulties faced by Maldivians and Indians, travelling to, and residing in respective countries pic.twitter.com/HgpPKbN24h
— MFA Maldives (@MDVForeign) December 11, 2018
ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުވެރި ހަރުދަނާ ގުޅުންތަކެއް ގާއިމް ކުރައްވާނެކަމަށެވެ.
މި ބައްދަލުވުމަށް އިންޑިއާގެ ފަރާތުން ހާއްސަ ވަފްދެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މި ވަފްދުގެ އިސް ބޭފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނާރަންގް އެވެ.
ރާއްޖެ-އިންޑިއާ ކޮންސިއުލާ މަޝްވަރާތަކުގެ ފުރަތަމަ ބުރު ވަނީ މިދޔަ މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ ދިއްލީގައި ބާއްވާފައެވެ. މި ބައްދަލުވުމުގައިވެސް ވަނީ ދެ ގައުމުގެ ގުޅުންތަކާއި، ހާއްސަކޮށް ވިސާގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
ރައީސް ޔާމީން ސަރުކާރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ހީނަރުކަން އައިސް އެގައުމުގައި ދިރިއުޅެމުންދިޔަ އެތައް ދިވެހިންނަށް ވިސާގެ މައްސަލަ ޖެހި އިންޑިއާ ދޫކޮށް ރާއްޖެ އަންނަން ޖެހުނެވެ. އަދި ރާއްޖެއިން ވެސް އިންޑިއާ ރައްޔިތުންނަށް އެކި ގޮތްގޮތުން ފިއްތުން ތައް ކުރިމަތި ކުރިއެވެ.