Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ނަޝީދު، ހަސަން ލަތީފް އެމްޑީޕީގެ އޮފީހުން ދުރަށް ވަޑައިގަންނަވާ: އިބްރާ

ޑިމޮކްރަސީގެ ނަމޫނާ އަމަލީގޮތުން ދެއްކެވުމަށްޓަކާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޗެއާޕާސަން ހަސަން ލަތީފް ޕްރައިމަރީގައި ވާދަ ކުރައްވާ ކަމަށްވާނަމަ އެކަން ނިމެންދެން ޕާޓީގެ އޮފީހުން ދުރަށް ވަޑައިގަތުމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއީލް، އިބްރާ ގޮވާލައްވައިފިއެވެ.

އިބްރާ ކުރެއްވި ޓްވީޓެއްގައި މިކަމަށް ގޮވާލެއްވިއިރު ވިދާޅުވެފައިވަނީ ލައްކަ ދުވަހު ޑިމޮކްރަސީއޭ ކިއިއްޖެކަމަށެވެ.

ރައީސް ނަޝީދާއި ހަސަންވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އެގޮތުން ރައީސް ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާއިރު، ހަސަން ލަތީފް ވާދަކުރައްވަނީ ހެންވޭރު އުތުރު ދާއިރާއަށެވެ.