Last Updated: June 7, 09:38
Sunday, June 7, 2026
ސިޔާސީ

"ދޭތިން ފަހެތި" ކެމްޕޭން މެލޭޝިއާގައި ބާއްވައިފި

މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޯގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެމްޕެއިން އެޖެންޓުންނަށް އަމާޒުކޮށްގެން ޚާއްޞަ ބައްދަލުވުމެއް މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބާއްވައިފި އެވެ.

މިހާރު މެލޭޝިއާގައި ހަރަކާތްތެރިވަމުން ދާ އެމްޑީޕީގެ ޓީމްގެ ފަރާތުން ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕޭން ކުރިއަށް ދާގޮތާ ބެހޭ މައުލޫމާތާއި އެކަމަށް ބޭނުންވާ ފޯމްތައް ވަނީ ފޯރުކޮށް ދީފަ އެވެ. އަދި އެމްޑީޕީން މިހާރު ރައްޔިތުންނަށް ހުށަހަޅާފައިވާ ސިޔާސަތުތަކާ ބެހޭ މައުލޫމާތާއި އެކަމާ ގުޅޭ ލުއި ފޮތް ވެސް އެ ފަރާތްތަކަށް ފޯރުކޮށް ދީފައި ވެ އެވެ.

މެލޭޝިއާގައި ހަރަކާތްތެރިވާ އެމްޑީޕީގެ ޚާއްޞަ ޓީމުގައި އިސް ވެރިއެއްގެ ގޮތުން ވަޑައިގަތީ އެމްޑީޕީ ޗެއަޕާސަން ނައިބު އިދާރީ ޢަލީ ޝިޔާމް އެވެ.