Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ކަސްޓަމްސްގެ ވެރިޔަކަށް އަނެއްކާވެސް އައްޑޫ ބޭފުޅެއް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސ. ހިތަދޫ ޖަނަވަރީމާގެ އަހުމަދު ނުޢްމާން އައްޔަން ކުރައްވައިފިއެވެ.

ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ މަގާމުން މުހައްމަދު ޖުނެއިދު އިސްތިއުފާ ދެއްވާފައިވާތާ ދުވަސްކޮޅެއް ވެފައިވަނިކޮށް މިއަދު ރައީސް، މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައި، މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި ކޮމިޝަނަރ ޖެނެރަލް އަށް ނުޢްމާން އައްޔަންކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ.