Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޗީފު އޮފް ޑިފެންސްގެ މަގާމަށް ޝަމާލު އައްޔަން ކުރައްވައިފި

ޗީފު އޮފް ޑިފެންސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މަގާމުން ވަކިކުރައްވައި، އެމަގާމަށް ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލް ހަމަޖައްސަވައިފިއެވެ.

ޝަމާލް ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކުރެއްްވި އިރު މިއަދު ހައިކޯޓުން ވަނީ ޝަމާލުއަށް އަލުން ސިފައިންގެއިން ވަޒީފާ ދިނުމަށް އަމުރުކޮށްފައެވެ. ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން ޝަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށެވެ.

2013، ނޮވެމްބަރ މަހު ޝަމާލް ސިފައިންގެއިން ވަކިކޮށްފައިވަނީ ސިފައިންގެ ތެރޭގައި ބައިބައިވުން އުފެއްދިފައިވާކަން ހާމަ ކުރުމަށް ސޯޝަލް މީޑިއާގައި ލިޔެކިއުންތަކެއް ލީކު ކުރިކަމަށް ބުނެއެވެ.

ރައީސް ސޯލިހު ވަނީ ޝަމާލްގެ އިތުރުން ވައިސް ޗީފަކަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އައްޔަން ކުރައްވާފައެވެ.