Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މަސްވެރިންނަށް މިރޭ މިފްކޯއިން ފައިސާ ދޫކުރަން ފަށަނީ

ގެމަނަފުށީ މަސްދޯންޏެއް، ފޮޓޯ ގެމަނަފުށީ މަސްވެރިން އެފްބީ ޕޭޖް

ކްރެޑިޓަށް މަސްވެރިން އަތުން ގަނެފައިވާ މަހަށް މިރޭން ފެށިގެން ފައިސާ ދޫކުރާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭން ފެށިގެން ދޯނި ފަހަރުގެ ކްރެޑިޓް ބިލްތަކަށް ފައިސާ ދޫކުރާނެ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މިފްކޯއިން މަސްގަނެ، މަސްވެރިންނަށް ފައިސާ ދިނުމުގެ ބަދަލުގައި ހަވާލު ކުރަނީ ބިލެކެވެ. މަސްވެރިން ފައިސާ ހޯދުމަށް ތަކުރާރުކޮށް އެދުމުންވެސް މިފްކޯއަށް ފައިސާ ދޫކުރެވިފައި ނުވެއެވެ.

މިފްކޯއިން މިދިޔަ މަހު ބުނެފައިވަނީ މަސްވެރިން އަތުން 20 މިލިއަން ރުފިޔާގެ މަސް އަގު ނުދީ ގަނެފައިވާ ކަމަށެވެ.