Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ނައިބް ރައީސް ފައިސަލް މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ

ނައިބް ރައީސް ފައިސަލް ނަސީމު މާދަމާ އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބް ރައީސް ފައިސަލް ނަސީމް އައްޑޫއަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުއެވެ.

މި ދަތުރުފުޅުގައި ފައިސަލް ހުޅުދޫ- މީދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ހިތަދޫގައި އަލަށް ހަދަމުން އަންނަ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިތަދޫ ސަރަހައްދީ ބަނދަރަށް ޒިޔާރަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބް ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގައެވެ. މިއީ ނައިބް ރައީސްކަމަށް ވަޑައިގެންނެވި ފަހުން ފައިސަލް އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.