Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ލަޔާލް މަނިކު

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ޗެނަލް 13ގެ ޕްރެޒެންޓަރ އަދި ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކު ހޮވިއްޖެއެެވެ.

ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަ ކުރުމަށާއި، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި 2017 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ނޫސްވެރިންނަށް ވަނީ އެވޯޑު ދީފައެވެ. އެގޮތުން މިރޭގެ ހަފްލާގައި އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ލަޔާލް މަނިކު އެވޯޑު ހާސިލް ކުރިއިރު އެންމެ މޮޅު ފޮޓޯ ޖާނަލިސްޓަކަށް ހޮވުނީ ކުރީގެ ރާއްޖެޓީވީގެ ފޮޓޯގްރާފަރު މުހައްމަދު ޝަރުހާންއެވެ.

ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިއަކަށް މިހާރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ޖަމީލް ހޮވުނު އިރު އިޖްތިމާއީ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔަކަށް ހޮވުނީ އަހުމަދު ސާއިލް އަލީއެވެ.

ޝަރުއީ އަދި ގާނޫނޫ ދާއިރާއިން އެވޯޑު ހާސިލް ކުރީ މިހާރުގެ މުއިއްޒު އިބްރާހިމްއެވެ. ސިޔާސީ ދާއިރާއިން އެވޯޑު ހާސިލް ކުރީ އަވަސްގެ ނޫސްވެރިޔާ މޫސާ ރަޝީދުއެވެ. ފީޗާ ލިއުމުން އެވޯޑު ހާސިލް ކުރީ މިހާރުގެ އާމިނަތު ޝިފްލީންއެވެ.

ކުޅިވަރުގެ ދާއިރާއިން ޕޮއިންޓު އެއްވަރުވުމުން އަވަސްގެ ހުސައިން ހަބީބު އާއި މިހާރުގެ އައްޒާމް އަލިފުޅު ވަނީ އެވޯޑު ލިބިފައެވެ. މިރޭގެ ހަފްލާފައި އެންމެ އުއްމީދީ ނޫސްވެރިޔަކަށް ހޮވުނީ އަވަސްގެ ޒުވާން ނޫސްވެރިޔާ ނާޒިމް ހަސަންއެވެ.

މި ރަސްމިއްޔާތުގައި ނޫސްވެރިކަމަށް ހިދްމަތްކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކޮށް އެވޯޑުދީފައިވެއެވެ.