Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

ޒަހަމްކޮށްލި މީހުންގެ ތެރޭގައި އައްޑޫ ދެ ޒުވާނުން!

ދާދި ފަހުން މާލޭގައި ވަޅި ހަރަައި ޒަހަމްކޮށްލި ފަސް މީހުންގެ ތެރޭގައި އައްޑޫގެ ދެ ޒުވާނަކު ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދިން ދެވަނަ ހަމަލާގެ ޝިކާރައަކަށްވީ ސ. ހިތަދޫ އުއްދަނޑިގޭ ހުސެއިން ޝިޔާދު، 19، އެވެ.

އަދި ހޮނިހިރު ދުވަހު ހަވީރު 3:30 ހާއިރު ހަވީރީ ހިނގުމުގައި ހުންނަ ފެލިވަރު މަސްފިހާރަ ކައިރިން ދެ މީހަކަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލި އިރު އޭގެ ތެރޭގައި ހިމެނޭ އައްޑޫ ޒުވާނާއަކީ ސ. ފޭދޫ ވީނަސްވިލާ ނަސީބް ސައީދު، 18، އެވެ.

ނަސީބުއަކީ ކުރީގެ މަޝްހޫރު ނޫސްވެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީގެ ދަރިއެކެވެ. ވަޖުދީ ބުނީ އޭނާގެ ދަރިފުޅަށް ބަޔަކު ދިން ހަމަލާގައި ސީރިއަސް ހާލަތެއްގައި އޮތް އިރު، އެ ކުއްޖާ ދިޔައީ އިންޑިއާގެ ކޮލަޖަކަށް ކިޔަވަން ދާން ތައްޔާރުވަމުން ކަމަށެވެ. އަދި ނަސީބު އަށް ދިން ހަމަލާއަކީ ސީދާ އޭނާ އަށް ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް އާއިލާ އިން ބުނެ އެވެ.

މާލޭގައި ވަޅި ހެރުމުގެ ހާދިސާތަކާ ބެހޭ ގޮތުން ފުލުހުން އިއްޔެ މީޑިއާ ވާހަކަ ދައްކަމުން ބުނީ ސިލްސިލާ މާރާމާރީތަކުގައި އެކި މީހުންނަށް ވަޅިން ހަމަލަ ދިން މީހުންގެ އިތުރުން އެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ ވެސް ކުށުގެ ރެކޯޑްތައް އެބަ ހުރި ކަމަށެވެ.

މި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ތިން މީހަކު ހައްޔަރުކޮށް އިތުރަށް ހޯދަން ބޭނުންވާ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެވެ.