Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ޖޭޕީ ކައުންސިލް މެމްބަރު މާޅޮހު މަޖްދީ ނިޔާވެއްޖެ

ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރު މަޖްދީ އިބްރާހިމް (މާޅޮހު މަޖުދީ) ނިޔާވެއްޖެއެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި މަޖްދީ ނިޔާވީ ނޭވާލުމަށް ދަތިވެގެން ފަރުވާދެމުން ދަނިކޮށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ރޭ ދަންވަރުއެވެ.

މަޖްދީގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭޕީ ކައުންސިލް މެމްބަރަކު ބުނީ މަޖުދީ އިއްޔެވެސް ޕާޓީގެ ހަރަކާތްތަކުގައި އުޅުއްވި ކަމަށެވެ.