މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ހިސާބަކީ ހުދުމުހުތާރު ވެރިކަން ފެށޭ ހިސާބުކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހި ނޫސްވެރިމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ރޭ ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަން އޮތީ ކަސްތޮޅު އަޅުވައި ބަދެފައި ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނު އިރު ނޫސްވެރިން ތިބީ އަބުރުގެ ގާނޫނުން ބަނދެލާފައި ކަމަށާއި، ނަމަވެސް މި ސަރުކާރު އައުމާއި އެކު އަބުރު ގާނޫނު އުވާލައި ނޫސްވެރިކަމަށް ޖާގަ ދީފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރަމުންދާ ބަޔަކީ މިނިވަން ނޫސްވެރިންކަމަށެވެ.
ނޫސްވެރިންނަށް ވޭތިވެދިޔަ މުއްދަތުގެ ތެރޭގައި އޮތީ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ ތަކާއި ޖަލުގޮޅިތަކާއި ޕެޕެރ ސްޕްރޭ ކަމަށާއި، މި ސަރުކާރުން އެކަންކަމަށް ނިމުމެއް ގެންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.