Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ހަމްދޫން ވަކިކޮށް ވަގުތީ ކޮމިޝަނަރަށް އެމްސީ ހަމީދު

ފުލުހުންގެ ކޮމިޝަނަރުގެ މަގާމުން ހަމްދޫން ރަޝީދު މިއަދު ރައީސުލް ޖުމުހޫރިއްޔާ ވަކިކުރައްވައިފިއެވެ. ހަމްދޫން ވަކިކުރެއްވުމަށް ފަހު މަގާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންފައިވަނީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އެމްސީ ހަމީދެވެ.

ހަމްދޫނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ މަގާމު އަދާކުރެއްވި ހަމްދޫން ވަނީ ރިޔާސީ އިންތިޚާބުގެ ފުލުހުންގެ ކޮމާންޑު ބަލަހައްޓަވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުން މޭޖާ ޖެނެރަލް ޝިޔާމް ވެސް އިއްޔެ ވަކިކުރައްވާފައެވެ.