Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޖޭއެސްސީ އަށް މަސްތޫރު ހަމަޖައްސައިފި

މަޝްހޫރު ގާނޫނީ ވަކީލު މަސްތޫރު ހުސްނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކޮށްފިއެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް މަސްތޫރު ހަމަޖެއްސެވީ އެ މަގާމަށް ރައީސުލް ޖުމުހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރެއްގެ ގޮތުގައެވެ.

ޖޭއެސްސީ މެމްބަރު ކަމުން ދާދި ފަހުން ރޭނިސް ސަލީމް ވަނީ ވަކިކޮށްފައެވެ. ސަލީމަކީ ކުރީގެ ރައީސް ޔާމީން އައްޔަން ކުރެއްވި މެމްބަރެކެވެ.

ސަރުކާރު ބަދަލުވުމުން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުރި މެމްބަރު، ރިޒާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އޭނާ ވެސް ވަނީ ބޭރުކޮށްލާފައެވެ. އަދި އޭނާގެ ބަދަލުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަނީ އިންތިޚާބުކޮށްފައެވެ.