އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ތެރޭސާ މޭ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޓޯރީ މެމްބަރުން މަޖިލީހަށް ހުށައަޅައިފިއެވެ.
ޔޫކޭ އިން 2016 ވަނަ އަހަރު އީޔޫ އިން ވަކިވުމަށް ނެގި ވޯޓާއެކު އޭރުގެ ބޮޑުވަޒީރު ކެމެރަން އިސްތިއުފާ ދެއްވުމުން މަގާމާ ހަވާލުވި ތެރޭސާ މޭ ގެ ސިޔާސަތުތައް ގައުމުގައި މާ ބޮޑު މަގުބޫލުކަމެއް ލިބިފައެއް ނުވެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުކުރުމަށް މޭ އަށް މެޖޯރިޓީ ވޯޓު ބޭނުންވާނެއެވެ. މެޖޯރިޓީ ލިބިއްޖެނަމަ އެއް އަހަރު ވަންދެން އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ހުށަނޭޅޭނެއެވެ. ނަމަވެސް އެ ވޯޓުން އިތުބާރު ނެތް ކަމަށް މެޖޯރިޓީ މެމްބަރުން ވޯޓު ދީފިނަމަ މޭ ގެ މަގާމު ގެއްލޭނެއެވެ.
މޭ އަށް ވޯޓު ކާމިޔާބު ކުރެވުނަސް ހަނިގޮތަކަށް މޮޅުވެއްޖެނަމަ ޕާޓީ ލީޑަރު ކަމުން ދުރުވާނެ ކަމަށް ބެލެވެއެވެ. މޭ ގެ މަގާމު ގެއްލިއްޖެނަމަ ބޮޑުވަޒީރު ކަމަށް އަންނާނީ ހައުސް އޮފް ކޮމަންސްގެ މެޖޯރިޓީ ނަގާފައިވާ ކޮންސަވޭޓިވް ޕާޓީގެ ލީޑަރެވެ.