Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލާއަކަށް ފަޔާޒު ހަމަޖައްސަނީ

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކަމިޝްނާ އޮފް ޕޮލިސް މުހައްމަދު ފަޔާޒު (އެފްއޭ) ހަމަޖައްސަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޔާމީން ސަރުކާރުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމު އަދާ ކުރެއްްވި އެފްއޭ އަކީ މިހާރު ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

އެފްއޭ ވަނީ ރައީސް ވަހީދުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި މިވަގުތު ހުންނެވި މުހައްމަދު އަންވަރު އަދި ރަސްމީކޮށް ވަޒީފާއިން ވަކިކޮށްފައި ނުވެއެވެ.