Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

އެމްއެމްޕީއާރުސީ މައްސަލާގައި ޒަމީރު ފުލުހަށް ހާޒިރުވާން އަންގައިފި

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކަމިޝަނެއް އުފައްދަވާފައެވެ، އަދި އެ ކަމިޝަނަށް ގިނަ ބާރުތަކެއް ދިނުމަށް މަޖްލިސްއަށް ބިލެއް ހުށަހަޅާފައިވާ އިރު ބިލު ވަނީ މަޖްލިސްއަށް ބަލައިގެންފައެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ބަންދު ކުރުންކަމަށެވެ.

ކަމިޝަނަށް ބާރު ދިނުމަށް މަޖްލިސްއަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުންވެސް ޕީޕީއެމްއިން ބުނީ ބިލްގެ ބޭނުމަކީ ޕީޕީއެމްގެ ވަކި ބަޔަކު ހައްޔަރު ކުރުން ކަމަށެވެ.

ރައީސް ޔާމީން ސަރުކާރުގައި އެމްއެމްޕީއާރުސީން ވަނީ 1.2 ބިލިއަން ރުފިޔާ ގެއްލިފައެވެ.