Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް ގެމަނަފުއްޓަށް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ގެމަނަފުއްޓަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ގެމަނަފުށީގައި ބާއްވާ ރަސްމީ ޖަލްސާ ނިންމަވާލެއްްވުމަށްފަހު ރައީސް މާދަމާ ހެނދުނު މާލެ ވަޑައިގަންނަވާނެކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް މިއަދު މެންދުރު ވަނީ އައްޑޫއަށް ވަޑައިގެންފައެވެ. ނައިބް ރައީސްގެ މި ދަތުރުފުޅަކީ އައްޑޫ އަދި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެކެވެ.