Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ޑީސަލުން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކަރަންޓާއި، މަސްވެރިން ބޭނުން ކުރާ ޑީސަލްގެ އަގު ހެޔޮކުރުމަށް ސަރުކާރުގެ ފަރާތުން އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 60 މެމްބަރުންގެ ވޯޓުންނެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠަފާ ހުށަހެޅުއްވި މި ބިލަށް ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންވެސް ތާއިދުކޮށް ވާހަކަ ދައްކަވާފައިވެއެވެ.

މުސްޠަފާ ވިދާޅުވީ ޑިއުޓީ ކަނޑާލުމުން ރައްޔިތުންނަށް ސީދާ ފައިދާވޭތޯ ސަރުކާރުން ބަލަން ޖެހޭނެކަމަށެވެ. މުސްޠަފާ ވިދާޅުވީ މި ބިލުގެ ސަބަބުން ޑީސަލް ފީފާއަކުން 250 ރުފިޔާ ކުޑަވެގެންދާނެކަމަށެވެ.

ޑީސަލުން ނަގާ ޑިއުޓީ ކަނޑާލައި ޑީސަލްގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.