Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ނައިބު ރައީސް ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލް ޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.

ފައިސަލް އައްޑުއަށް ވަޑައިގެން ފުރަތަމަ ވަޑައިގެންނެވީ ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވަން، އެ އަވަށްތަކަށެވެ. ހުޅުމީދޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހިތަދޫ އަށް ވަޑައިގެން އައްޑޫ ކައުންސިލާއި ބައްދަލުކުރުމަށް ވަޑައިގެންނެވިއެވެ.

ކައުންސިލަރުން އަދި ކައުންސިލްގެ މުވައްޒަފުންނާއި ނައިބު ރައީސް ބައްދަލުކުރެއްވުމަށް ފަހު ހިތަދޫ ޕޯޓް ލިމިޓެޑަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.