Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

މެކޭނިކަލް ޕާކިން ސިސްޓަމް ރޫޅާލަނީ

މާލޭގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމް ރޫޅާލައި ނެގުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މެކޭނިކަލް ޕާކިން ސިސްޓަމް ރައްޔިތުން ބަލައި ނުގަތުމުން އެޕާކިން ސިސްޓަމް ރޫޅާލުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އައިޝާ ވިދާޅުވީ އެތަން ކުރިން އޮތްގޮތަށް ޕާކިން ޒޯނަށް ހުޅުވާލަން މިނިސްޓްރީން ވިސްނަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައި ޕާކިން ބިލްޑިންގ ހެދުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

އައިޝާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޕާކިން ބިލްޑިންގ ހަދައި މަގުމަތީގައި ޕާކު ކުރާ ވެހިކަލް އެއްކޮށް ނައްތާލުން ކަމަށެވެ.