Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ބްރިޖް ޓޯލް ނަގާކަށް ނުނިންމާ، ނެގިއަސް ނަގާނީ ކުޑައަގެއް: އާއިޝާ

ސިނަމާލެ ބްރިޖުން ޓޯލް ނެގުމާއި ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ޓޯލް ނެގުމާއި މެދު ގޮތެއް ނުނިންމާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރިއަށްގެންދިޔަ ނޫސް ކޮންފަރެންސްގައި ނަހުލާ ވިދާޅުވީ ޓޯލް ނެގުމަށް ސަރުކާރުން އަދި ނުނިންމާކަމަށެވެ. އަދި ޓޯލް ނެގިއަސް ނަގާނީ ރައްޔިތުން އަތްފޯރާ އަގެއްކަމަށެވެ.

އައިޝާ ވިދާޅުވީ ޓޯލް އާއި ގުޅޭ ގޮތުން ސަރުކާރުން ދެގޮތަށް ބަހުސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޓޯލް ނަގާނީތޯ ނުވަތަ ޓޯލް ނުނަގައި ދޫކޮށްލާނީތޯ ބަހުސް ކުރެވޭ ކަމަށެވެ.

ހުޅުމާލެ ބްރިޖު ހުޅުވާލައި ހިލޭ ދަތުރުކުރެވޭ ގޮތް މިހާރު ފަހިވެފައި އޮތުން ދުވާލަކު އެތައް ހާސް ބަޔަކު ބްރިޖު ބޭނުންކުރެއެވެ.