Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

ޒަމީރު، އާޒިމާ އާއި އެކު ވަޑައިގަތުމުން ސުވާލު ނުކޮށް ފޮނުވާލައިފި

އެމްއެމްޕީއާރުސީގެ ކަރަޕްޝަން މައްސަލާގައި ސުވާލު ކުރުމަށް ޕީޕީއެމްގެ ނައިބް ލީޑަރ މޫސާ ޒަމީރު ފުލުހަށް ހާޒިރު ކުރުމަށްފަހު ސުވާލު ނުކޮށް ފޮނުވާލައިފިއެވެ.

ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން މޫސާ ޒަމީރު ވިދާޅުވީ މިއަދު ފުލުހުން އޭނާ އާއި އެއްްވެސް ސުވާލެއް ނުކުރައްވާކަމަށެވެ. އަދި ސުވާލު ނުކުރެއްވީ އޭނާގެ ވަކީލްގެ ގޮތުގައި ވަޑައިގެންނެވި ޕީޕީއެމްގެ ނައިބް ލީޑަރ އާޒިމާގެ ކޮންފްލިކްޓެއް އޮތްކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ޒަމީރުގެ ވަކީލެއްގެ ގޮތުގައި އާޒިމާ ވަޑައިގަތުމުން މަސްލަހަތު ފުށޫ އަރާ ސަބަބެއް ޒަމީރު ވިދާޅެއް ނުވެއެވެ. އާޒިމާ އަކީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރެވެ.

އެމްއެެމްޕީއާރުސީގެ ކަރަޕްޝަންގެ މައްސަލާގައި ދައުލަތުން 1.2 ބިލިއަން ރުފިޔާވަނީ ގެއްލިފައެވެ. އެފައިސާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ކަމިޝަނެއް އުފައްދަވާފައެވެ.