Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މިހަފްތާ ތެރޭ އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރަނީ

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހު ތެރޭ ކުރަން ވައުދުވި ދަތުރުފަތުރާ ބެހޭ ކަންތައްތަކުގެ ތެރެއިން ނުނިމި ބާކީ އޮތީ ހަމައެކަނި އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކުރުން ކަމަށާއި މިހަފްތާ ތެރޭ އެކަން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ ދެއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ތިރިކޮށް، ލުއި ކުރެވުނު އަގުތައް ދެ ދުވަސް ތެރޭ އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް އައިލޭންޑް އޭވިއޭޝަނާ ދެމެދު ކުރެވުނު ކަމަށާއި ތާވަލެއްވެސް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އަގުތައް އިއުލާން ކުރެވުނު ނަމަވެސް އަމަލީ ގޮތުން ބަދަލެއް އައުމަށް ދެ ހަފްތާ ވަރުގެ މުއްދަތެއް އަދިވެސް ނަގާނެ ކަމަށެވެ.

ރައީސް އިބޫ ސޯލިހް ވަނީ އެތެރޭގެ އުދުހުންތަކުގެ އަގު އުފުލިފައިވާ ކަން ފާހަގަކުރައްވައި އެކަމަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައެވެ.