Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މި ރާއްޖޭގައި ދޭންވަނީ "އަންނި" އެވޯޑެއް: ނިހާނު

ނޫސްވެރިންނަށް ދޭ އެވޯޑުގެ ނަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަމުގައި ދެއްވުމަށް "އަންނި އެވޯޑަށް" ބަދަލުކުރަން ފެނޭ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ބެލެވެނީ ރޭ ބޭއްވި ނޫސްވެރިންގެ އަލިމަސް ޔޫބީލް އެވޯޑު ހަފުލާގައި ނަޝީދަށް އެވޯޑެއް ނުލިބުމުން އެކަން ފާހަގަކޮށް ބައެއް މީހުން ވާޙަކަ ދެއްކުމުން ނަޝީދަށް ކުރެއްވި މަލާމާތެއްގެ ގޮތުގައެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ އެންމެ ފުންނާބު އުސް ޒައީމު ކަމާ މެދު ޝައްކެއް ނުކުރެވޭ ކަމަށެވެ. އަދި މީގެ ފަހުން ނޫސްވެރިންނަށް ދޭ އެވޯޑު ނަޝީދުގެ ނަމުގައި ދެއްވުމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.

ނިހާނުގެ މި ޓުވީޓަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ތާއީދުކަމަށް ބުނެ ޓުވީޓެއް ކުރައްވާފައެވެ.

ނަޝީދު ވަނީ ނޫސްވެރިކަމުގެ އެވޯޑާ ގުޅޭގޮތުން ސީދާ އެއްޗެއް ވިދާޅުނުވި ނަމަވެސް، ނޫސްވެރިކަމުގެ ދިފާއުގައި 14 ފަހަރު ޖަލަށް ލެވުނު ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ. އަދި ރޭ އެވޯޑު ލިބިވަޑައިގަތް ރައީސް މައުމޫނަށް މަރުހަބާ ދަންނަވާ ކަމަށް އެޓުވީޓުގައި ލިޔުއްވިއެވެ.