Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

އައިސް ޕްލާންޓުތައް ކައުންސިލު ހިއްސާވާ ގޮތަށް ހިންގަން ދޫކޮށްލަނީ

ރަށް ރަށުގައި މިހާރު ބަހައްޓާފައިވާ އައިސް ޕްލާންޓުތައް ކައުންސިލް ހިއްސާވާ ގޮތަށް ދޫކޮށްލާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގއ. ގެމަނަފުށީ ގައި ކުރިއަށްދާ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ އައިސް ލިބުން މިހާރު ހަމަޖެހިފައިވާ ގޮތަށްވުރެ ފަސޭހައިން ހޯދޭނެ އިންތިޒާމް މިސަރުކާރުން ހައްލުކޮށްދޭނެކަމަށެވެ.

"މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް އެ ތަންތަން ރަށު ކައުންސިލްގެ ހިއްސާއާއެކު ހިންގާ ތަންތަނަށް ބަދަލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފައި، އައިސްޕްލާންޓްތައް މި ގޮތަށް ހަމަޖެހުމުން އެ ޕްލާންޓްތައް ހިނގާނީ މަސްވެރިންނަށް އެންމެ ލާބަހުރި ގޮތަކަށް، މަސްވެރި މުޖުތަމައުގެ ބައިވެރިވުމާ ރޭވުންތެރިކަމާއެކު

ރައީސް ވިދާޅުވީ އައިސް ޕްލާންޓްތައް އެގޮތަށް ހަމަޖެހުމުން، އައިސް ޕްލާންޓްތައްވެސް ހިނގާނީ މަސްވެރިންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ގެމަނަފުށީގައި ބަހައްޓާފައިވާ 25 ޓަނުގެ އައިސް ޕްލާންޓު 50 ޓަނަށް ބަދަލު ކޮށްދޭނެކަމަށެވެ.