އދ. ގެ އެސިސްޓެންޓް ޖެނެރަލް ސެކެރެޓަރީ މިރޮސްލޭވް ޖެންކާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް ޔާމީނާއި ޖެންކާގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުުރު ފަހު ޕީޕީއެމް އޮފީހުގައެވެ.
ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ހުންނެވި ޖެންކާ އާއި ޔާމީން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.
ބައްދަލުވުމާއި ގުޅޭ ގޮތުން ޕީިޕީއެމްއިން ބުނީ ދެބޭފުޅުންގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާއި ކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.