Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

"ޕެންޝަން އޮފީހުގެ ނަމުގައި ފޮނުވަނީ ފޭކް މެސެޖެއް"

ޕެންޝަން އޮފީހުގެ ނަމުގައި އެކި މީހުންނަށް ރޭ ފޮނުވި މެސެޖަކީ އެ އޮފީހުން ފޮނުވި މެސެޖެއް ނޫންކަމަށާއި އެއީ ފޭކް މެސެޖެއް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ނަމުގައި މިރޭ އެކި މީހުންގެ ފޯނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީރާއްޖޭގައި، ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށް ބުނެ މެސެޖުތަކެއް ކޮށްފަ އެވެ. އަދި އެކަމާ ދެކޮޅަށް ދިވެހިން އަޑުއުފުލަން ޖެހޭ ކަމަށެވެ.

މިފަދަ މެސެޖުތަކެއް ލިބުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕެންޝަން އޮފީހުން ބުނީ މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށެވެ.