Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

އިތުބާރު ނެތްކަމުގެ ވޯޓު މޭ ކާމިޔާބުކުރައްވައިފި

އިއްޔެ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ނެގުނު ބޮޑުވަޒީރު ތެރޭސާ މޭ ގެ އިތުބާރު ނެތްކަމުގެ ވޯޓުގައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާރު އޮތް ކަމަށް ފާސްވެ، ވޯޓު ކާމިޔާބު ކުރައްވައިފިއެވެ.

މަޖިލީހުގެ ހައުސް އޮފް ކޮމަންސްގައި ނެގި ސިއްރު ވޯޓު މޭ ކާމިޔާބު ކުރެއްވީ 200 ވޯޓު އެއްކޮޅަށް ހޯއްދަވައިގެންނެވެ. އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 117 މެމްބަރުންނެވެ.

ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު ވަގުތުން، މޭ ވަނީ ބްރަސަލްސްގައި އޮތް އީޔޫ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައެވެ. ނަމަވެސް މި ބައްދަލުވުމުގައި އީޔޫ އިން އިނގިރޭސިންގެ އެއްބަސްވުމަށް ބަދަލެއް ގެންނާނެ ކަމަށް ނުބެލެވެއެވެ. ނަމަވެސް ބައެއް ކުދިކުދި ބަދަލުތަކަށް އީޔޫއިން އެއްބަސްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސަމިޓުގައި މޭ، އިނގިރޭސި މަޖިލިސް މެމްބަރުން ފާހަގަކުރި ބައެއް ސިޔާސީ އަދި ގާނޫނީ ލުއިތަކެއް ހޯދުމަށް ވަކާލާތު ކުރައްވާނެއެވެ. މޭ ވިދާޅުވީ ސަމިޓުން އިނގިރޭސިންނަށް ހެޔޮ ގޮތެއް ފަހިކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.