Last Updated: June 10, 13:14
Wednesday, June 10, 2026
ޚަބަރު

3.8 މިލިއަން ރުފިޔާ ހޯދުމަށް ޕީޕީއެމް ގޮވައިގެން މޯލްޑިވިއަންއިން ކޯޓަށް

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމްއިން ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ހޯދުމަށް ކޯޓަށްދާން ނިންމައިފިއެވެ.

ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިންނަށް މޯލްޑިވިއަންއިން ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ ދައްކަން އޮތެވެ. އެފައިސާ ނުލިބިގެން މޯލްޑިވިއަންގެ ފަރާތުން އިލެކްޝަން ކަމިޝަނާއި ބައްދަލުކުރިއެވެ. އެއީ ޕާޓީއަށް ދައުލަތުން ދޭ ފައިސާގެ ތެރެއިން އެ ފައިސާ ހޯދުމަށެވެ.

ފައިސާ ހޯދުމަށް ތަފާތު ފަހަރުމަތިން މޯލްޑިވިއަންއިން މަސައްކަތް ކުރަމުންދަނިކޮށް ޕީޕީއެމްއިން ވަނީ އޭގެ ތެރެއިން 1 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކާފައެވެ.

މޯލްޑިވިއަންގެ އާ އެމްޑީ މުހައްމަދު ރިޒްވީ މިއަދު "އަވަސް" އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފައިސާ ހޯދުމަށް ކުންފުނީގެ ފަރާތުން ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ޔާމީނަށް އޮތް ތާއިދާއި، ސައިޒު ދައްކާލުމަށް މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓަރުކޮށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން މީހުން މާލެ ޖަމާކުރިއެވެ.