Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބާރުތައް ލިބުމާއެކު ކައުންސިލުން އާ ދެ ޓީވީ ގަންނަނީ

ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން، ކުރީ ސަރުކާރުން ހިފެހެއްޓި ބާރުތައް ކައުންސިލްތަކަށް ދިނުމާއެކު އައްޑޫ ސިޓީ ކައުންސިލުން އާ ދެ ޓީވީ ގަތުމަށް ނިންމައި ބީލަމަށް ހުށައަޅައިފިއެވެ.

ކައުންސިލުން ގަންނަނީ ކައުންސިލް އިދާރާގެ މީޓިން ރޫމްތަކުގައި ހަރުކުރުމަށް 52/55 އިންޗީގެ ސްމާޓް ޓީވީއަކާއި 100 އިންޗީގެ ބޮޑު ސްމާޓް ޓީވީއެކެވެ.

ސިޓީ ކައުންސިލުން ވަނީ ކައުންސިލްތަކަށް ބާރު ލިބުމުން ހައްލުނުވެ ހުރި ރައްޔިތުންގެ ކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

މިހަފްތާ ތެރޭ ހިފެހެއްޓިފައިވާ ބާރުތައް ކައުންސިލަށް ދީފައިވާއިރު ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ވަނީ ކައުންސިލަށް އަލުން ދީފައެވެ.