Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި މިރޭ އިރާކޮޅު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ތްރީ އެސް ފިހާރަ ކުރިމަތިން، ދެ ސައިކަލު ޖެހިގެންނެވެ.

އެކްސިޑެންޓުގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާވެފައިވެއެވެ. "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވަނީ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެނެސްފައިވަނީ ދެ ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.

އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން ބުންޏެވެ.