Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔާމީން ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަންނަ ހޮނިހިރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފުލުސް އޮފީހުން ޗިޓް ފޮނުވައިފިއެވެ.

ޔާމީން ފުލުހަށް ހާޒިރު ކުރަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަށް ކައިރިވެފައިވަނިކޮށް އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައެވެ.

ފުލުހުން ފޮނުވި ޗިޓާއި ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ހަވާލުވެފައިވާއިރު އެމަނިކުފާނުގެ ފަރާތުން އަދި މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޔާމީން ވަނީ އަބަދުވެސް ތުހުމަތުތަކެއް އެމަނިކުފާނާ ދެކޮޅަށް ކުރެވޭ ކަމަށާއި ސާބިތުކޮށްނުދެވޭނެ ކަމަށް ވަރަށް ޔަގީން ކަމާއެކު މީގެ ކުރިން ވިދާޅުވެފައެވެ.