ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ސިއްހަތާއި ބެހޭ ވަޒީރު ޖޭޕީ ނައްޑާއާ ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ ނައްޑާ އާއި އަމީން ބައްދަލުކުރައްވާފައިވަނީ އެގައުމުގައި މިހާރު ކުރިއަށްދާ "ޕާޓްނާސް ފޯރަމް 2018" އިންނެވެ.
Union Health Minister Sh @JPNadda held a bilateral meeting with Mr. Abdulla Ameen, Minister of Health, #Maldives today at Nirman Bhawan, on the sidelines of #PartnersForum2018. pic.twitter.com/lLxf7f73XZ
— Ministry of Health (@MoHFW_INDIA) December 13, 2018
އަމީން އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި އިއްޔެ ބައްދަލު ކުރައްވާފައިވާ އިރު މި ބައްދަލުވުމާއި ގުޅޭ ގޮތުންވެސް ވަކި އެއްޗެއް ހާމަކޮށްފައިނުވެއެވެ.
އަމީން އިންޑިއާގެ ހެލްތު މިނިސްޓަރ އަދި ބޮޑު ވަޒީރާއި ބައްދަލު ކުރައްވާފައިވާއިރު މިމަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވާފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރައީސް ސޯލިހުއަށް މަރުހަބާ ދެންނެވުމަށް ދިއްލީން ދަނީ ތައްޔާރުވަމުންނެވެ. މި ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއިން ގިނަ އެއްބަސްވުންތަކުގައި ސޮއި ކުރުމަށްވަނީ ހަމަޖެހިފައެވެ.