Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ރަސްރަނި ބަގީޗާގެ ނަން "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރަނީ

މާލޭގެ ރަސްރަނި ބަގީޗާގެ ނަން އަލުން "ސަލްޓަން ޕާކް"ގެ ނަމަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މާލޭ ސިޓީ ކައުންސިލުން ތާވަލްކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ މާލޭގެ މޭޔަރ، ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝިފާ ވިދާޅުވެފައި ވަނީ ސަލްޓަން ޕާކްގެ ނަން އަލުން ދިރުވާ، ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އަންނަ އަންގާރަ ދުވަހަށް ކައުންސިލްގެ ބައްދަލުވުމެއް ތާވަލްކޮށްފައިވާ ކަމަށެވެ.

ސަލްޓަން ޕާކްގެ ނަން ރަސްރަނި ބަގީޗާ އަށް ބަދަލުކޮށް، ބޮޑެތި ބަދަލުތަކަކާއެކު އެތަން ހުޅުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމްޓީސީސީ އާއި ހަވާލުކޮށްގެން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ފަހުން އެތަން ތައްޔާރު ކުރީ ދިވެހި ސިފައިންގެ މިންނެތް މަސައްކަތުންނެވެ.