Last Updated: July 25, 18:05
Saturday, July 25, 2026
ދުނިޔެ

ޓްރަމްޕުގެ އާ ޗީފް އޮފް ސްޓާފަކަށް މިކް މުލްވެނީ

ވައިޓް ހައުސްގެ އާ ޗީފް އޮފް ސްޓާފަކަށް މިކް މުލްވެނީ އައްޔަން ކުރުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

އެ މަގާމު ފުރުއްވަމުން އައި ޖޯން ކެލީ ވަނީ އަހަރު ނިމުމުން މަގާމުން އިސްތިއުފާ ދިނުމަށް ނިންމަވާފައެވެ. މުލްވެނީއަކީ މިހާރު ވައިޓް ހައުސްގައި ޑިރެކްޓަރ އޮފް އޮފީސް އަދި ބަޖެޓްގެ އެންމެ އިސް ފަރާތެވެ.

ޓްރަމްޕް ވިދާޅުވީ އޭނާއަކީ ސަރުކާރުގެ މުހިންމު ރޯލުތަކުގައި އިސް ދައުރެއް އަދާކޮށް، މަގާމަށް ކުފޫ ހަމަވާކަން ސާބިތުކޮށްދީފައިވާ މީހެއް ކަމަށެވެ.