Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޔާމީންގެ 100 މިލިއަން ރުފިޔާ ހުރީ ހިފަހައްޓާފައި

ރައީސް ޔާމީން ނޫސް ކޮންފަރެންސަށް ފަހު ވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ނަމުގައި ހުޅުވިފައި ހުރި ހުޅުވިފައި ހުރި އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ސާވިސްއިން ގެންދަނީ ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިހުރި ފައިސާތަކެއްގެ މައްސަލަ ބަލަމުން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރު ތެރޭ އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، އެ ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި ޝައްކުކުރެވޭ މުއާމަލާތްތައް ހުރުމުން އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިއަދު ޔާމީން ހާޒިރުކޮށް ސުވާލު ކުރުމުން އެމަނިކުފާނު ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ޔާމީން ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކައުންޓް ފްރީޒް ކުރީ ކީއްވެތޯ އަހަން ހަނދުމަފުޅު ނެތް ކަމަށެވެ.