Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އިބޫއަށް ކާމިޔާބަށް އެދެން: ނަޝީދު

ނަޝީދު އައްޑޫ އޮފީސް ހުޅުއްވައިދެއްވަނީ؛ ފޮޓޯ - އެމްޑީޕީ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނަށް ކާމިޔާބީއަށް އެދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓުވީޓަކުން ނަޝީދު އިބޫއަށް ހިތްވަރު ދެއްވާފައިވާއިރު އެމަނިކުފާނު ވަނީ އިންޑިޔާ-ރާއްޖޭގެ ގުޅުމުގެ މުހިންމު ކަމަށްވެސް އިޝާރާތް ކުރައްވާފައެވެ. "ރާއްޖޭގެ ތަރައްގީ އާއި ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައި ވަނީ އިންޑިޔާ އާ. ޝައްކެއް ނެތް ގޮތުގައި ރައީސްގެ މިދަތުރުފުޅުން ދިވެހިންނަށް އިތުރު ކާމިޔާބީ ލިބިގެންދާނެ."

ނަޝީދު ވަނީ ދާދި ފަހުން ޕޮލެންޑުގައި ބޭއްވި ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް24 ގައި ވެސް އިންޑިޔާގެ ޑެލެގޭޓުންނާ ބައްދަލުކުރައްވާ ތިމާވެއްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ނަޝީދު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެށީގެ މައްސަލަތައް ހައްލުކޮށްދިނުމުގައި އެންމެ އެދެވޭ މަސައްކަތެއް ކުރާ ގައުމަކީ އިންޑިޔާ ކަމަށެވެ.