Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ލަންކާ ބޮޑުވަޒީރު ކަމަށް އަލުން ރަނިލް އައްޔަންކޮށްފި

ފޮޓޯ: އައްޒާމް އަމީން ޓުވިޓާ

ލަންކާގެ ހުސްވެފައިވާ ބޮޑުވަޒީރުގެ މަގާމަށް އެމަގާމު ކުރިންވެސް ފުރުއްވި ރަނިލް ވިކްރަމަސިންހް މިއަދު ރައީސް ސިރިސޭނާ ހަމަޖައްސަވައިފިއެވެ.

ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް ފަހު ސިރިސޭނާ ވަނީ އޮކްޓޫބަރު މަހުގެ ފަހުކޮޅު ރަނިލް އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ކުރީގެ ރައީސް މަހިންދަރާޖަޕަކްސަ އެ މަގާމަށް އައްޔަން ކުރައްވާފައެވެ.

މަޖިލީހުގެ އިތުބާރު ރާޖަޕަކްސައަށް ނުލިބި ދެ ފަހަރު މަތިން އިތުބާރު ނެތްކަމަށް ފާސްކުރުމުން ސިރިސޭނާ ވަނީ މަޖިލިސް އުވާލާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެނިންމުން ބާތިލުކުރުމުން ރާޖަޕަކްސަ ވަނީ މަގާމު ދޫކޮށްލާނެ ކަން އިއުލާންކޮށްފައެވެ.

ރަނިލް އަލުން ބޮޑުވަޒީރުކަމަށް ގެނައުމަށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ވޯޓެއް އަހައި ފާސްކޮށްފައެވެ. ރަނިލް އަލުން އެ މަގާމަށް ގެނައުމުން ލަންކާގައި ފާއިތުވެދިޔަ ދެމަސް ދުވަހު ހިނގި ހަމަނުޖެހުންތައް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ.