ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރިލް 6 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިންތިޚާބު ބާއްވާ ދުވާހައި އެހެނިހެން މުހިންމު ކަންތައްތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު އީސީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އީސީން ބުނެފައިވަނީ މިފަހަރު ވޯޓު ރަޖިސްޓްރީއަށް ހުޅުވާލާނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން އެދޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އެހެންކަމުން، ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަނަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން މިފަހަރު އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ.
އިތުރު ތަފްސީލު އަންނަނީ..