މ. ނަލަހިޔާ ކައިރީގައި ހަދަމުންދާ އިމާރާތަކުން ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި، އެކުއްޖާ އަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ އެވެ.
"އަވަސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު އެވެ. އަދި މި ހާދިސާގައި އަނިޔާ ވެފައިވަނީ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށެވެ.
އެކުއްޖާ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށާއި، އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކާއި ހަވާލާދީ "އަވަސް" އިން ރިޕޯޓްކުރާ ގޮތުގައި އަނިޔާވި ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށާއި، އެކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ނޭނގޭ ކަމަށެވެ.