Last Updated: June 8, 19:18
Monday, June 8, 2026
ދުނިޔެ

ޖަޕާން ރެސްޓޯރެންޓެއްގައި އެއްޗެއް ގޮވައި 42 މީހުންނަށް އަނިޔާވެއްޖެ

REUTERS

ޖަޕާނުގެ ރެސްޓޯރެންޓެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި 42 މީހުންނަށް އަނިޔާވެ، އެކަކު ވަރަށް ބޮޑަށް ފިހި، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ޓޮޔޮހިރާ ޑިސްޓްރިކްޓުގެ ރެސްޓޯރެންޓެއްގައި މިހާދިސާ ހިނގާފައިވަނީ ގިނަ ބަޔަކު ރޭގަނޑު ކެއުމަށް ރެސްޓޯރެންޓަށް ގޮސްފައިވަނިކޮށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައިނުވި ނަމަވެސް، ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބަދިގޭގައި ގޭސް ލީކެއް ވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ އަސަރު ވަރަށް ދުރަށްކޮށްފައިވެއެވެ. ރެސްޓޯރެންޓު ކައިރީ ޕާކު ކޮށްފައި ތިބި ކާރުތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ.

[ބީބީސީ]