ރައީސުލް ޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް މިހާރު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހަށް އެގައުމުގެ ޚާރިޖީ ވަޒީރު، ސުޝްމާ ސްވަރާޖް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ސުޝްމާ ވަނީ ދެގައުމުގެ ގުޅުމާއި ގުޅޭގޮތުން ރައީސްއާ މަޝްވަރާ ކުރައްވާފައެވެ. ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއާއި އެހެނިހެން ދާއިރާތަކަށް އިންޑިޔާއިން ވެވެން އޮތް އެހީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް އިބޫ ސޯލިހް އިންޑިޔާއަށް ވަޑައިގަތުމުން މިއަދު އެމަނިކުފާނަށް އިންޑިޔާ ސަރުކާރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.