Last Updated: June 19, 18:13
Friday, June 19, 2026
މުނިފޫހިފިލުވުން

އިމްރާން ހާޝްމީގެ "ޗީޓް އިންޑިއާ"ގެ އާ ޕޯސްޓަރެއް ދައްކާލައިފި

2017 ވަނަ އަހަރު ރިލީޒްވި ފިލްމް "ބާދްޝާއޯ" އަށްފަހު އިމްރާން ހާޝްމީ ބޮޑު ސްކްރީނުން ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް އިމްރާންގެ ކުރިއަށް އޮތް ފިލްމް "ޗީޓް އިންޑިއާ"ގެ ޓްރެއިލާ ރިލީޒްކުރުމާއެކު އެ ފިލްމް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިހާރު ފިލްމްގެ ޕްރޮޑިއުސަރުން ވަނީ މުޅިން އާ ޕޯސްޓަރެއް ރިލީޒްކޮށްފަ އެވެ.

އަލަށް ދައްކާލި ޕޯސްޓަރ އިން އިމްރާން ފެނިގެންދަނީ ތަޢުލީމީ ދާއިރާގައި ވިޔާފަރިކުރާ އިސްފަރާތެއްގެ ގޮތުގައެވެ. އަދި އިމްރާން އަތުގައި ހުރި ފައިސާގެ ނޫޓްތަކުގެ ދެމެދުގައި ތަޢުލީމީ ނިޒާމް ތާށިވެފައިވާ މަންޒަރު ވެސް ޕޯސްޓަރުން ދައްކުވައިދެއެވެ.

ސޯމިކް ސެން ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.