ރޭ މެންދަމު އައްޑޫ ސިޓީގެ ލިންކު ރޯޑުން ދުއްވާފައިދިޔަ ކާރެއްގައި ރޯވެ އެއްކޮށް އަނދައިފިއެވެ.
ކާރުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. ނަމަވެސް އެތެރޭގައި ތިބި ބަޔަކަށް އަނިޔާވެފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 1:50 އެހާކަށްހާއިރު ކަމަށެވެ. މިމައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.