Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ޖޭއެސްސީގެ ނައިބު ރައީސަށް މަސްތޫރު

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަނަށް ކަނޑައެޅުއްވި މެމްބަރު، މަސްތޫރު ހުސްނީ ހަމަޖައްސައިފިއެވެ.

މަސްތޫރު ކޮމިޝަންގެ ނައިބު ރައީސްކަމަށް ހޮވާފައިވަނީ މިދިޔަ ހަފްތާގައި ކޮމިޝަންގެ ޖަލްސާއެއް ބާއްވައި، ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކުރީގެ ރައީސް ޔާމީން މަގާމުން ދުރުވެ އާ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނު ކަނޑައެޅުއްވި މެމްބަރު، އަހުމަދު ސަލީމް(ރޭނިސް) ވަނީ މަގާމުން ދުރުކޮށްފައެވެ.

މަސްތޫރާއެކު ޖޭއެސްސީގައި ތިއްބަވާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު، ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް، ދަށު ކޯޓުތަކުން އިންތިޚާބުކުރި ފަނޑިޔާރު މުހައްމަދު އީސާފުޅު، އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުރި މެމްބަރަކަށް އަބްދުލް ހަންނާން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުންނެވި މެމްބަރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަދި ވަކީލުންގެ ތެރެއިން ކަނޑައަޅާފައި ހުރި މެމްބަރު ލަތީފާ ގާސިމެވެ.