މާލެ ސިޓީ އަމާންތަނަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ވައުދުވެފައިވާ މާލެ އަމާން ކުރުމުގެ ޕްރޮގްރާމްގެ ދަށުން، ނެއިބަހުޑް ސަޕޯޓް އޮފިސާސްގެ ޚިދުމަތް ފުލުހުން ފަށައިފިއެވެ.
މިޚިދުމަތުގެ ދަށުން މާލޭގެ ހުރިހާ އަވަށަކަށް ޚާއްސަ ހޮޓްލައިން ނަމްބަރުތައް ތައާރަފްކޮށް، މާލޭގެ އަމާންކަން ބެލެހެއްޓުމުގެ އިތުރުން ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ޕޮލިހުން ނިކުތުމާއި އާންމުކޮށް ކުށް ހިނގާ ސަރަހައްދުތައް ޚާއްސަ ސަމާލުކަމެއް ދީގެން ޕެޓްރޯލް ކުރުމަށް ހޯމް މިނިސްޓްރީން ނިންމާފައިވެއެވެ.
ސަޕޯޓް އޮފިސަރުންގެ މަސައްކަތްތަކުގެ ތެރޭގައި ގޭބީސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ނެގުމާއި އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު ކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެތަނެއް ޕެޓްރޯލް ކުރުން ހިމެނެއެވެ. އަދި ކުށް މަދު ކުރުމާއި އަމިއްލަ ރައްކާތެރިކަމުގެ މައުލޫމާތު ރައްޔިތުންނަށް ދިނުމަކީ ވެސް ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ޒިންމާއެކެވެ.
މީގެ އިތުރުން އެމަޖެންސީ ނަމްބަރު 119 އަބަދުވެސް ގުޅޭ ގޮތް ހަދައި، ކޮންމެ އަވަށަކަށް ވަކިން ޕޮލިސް ހެޑްއެއް އަދި ޑިއުޓީ އިންޗާޖެއް ކަނޑައަޅައި އެ އޮފިސަރުންނާ ގުޅޭނެ ނަމްބަރުތައް ވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ނެއިބަރހުޑް ސަޕޯޓް އޮފިސަރސް
ތިޔަބޭފުޅުންގެ ނެއިބަރހުޑްގައި ތިބޭފުޅުންނާއި ގާތުން އަދި އެކުގައި މަސައްކަތްކުރުމަށް pic.twitter.com/Bd4Qw2tYP0— Maldives Police (@PoliceMv) December 18, 2018