Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އަލީ ވަހީދުވެސް އުގެއިލްއާ މަޝްވަރާކޮށްފި

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ޕްރޮފެސަރ އުގެއިލްއާ ބައްދަލުކޮށް މަޝްވަރާ ކޮށްފިއެވެ.

މިނިސްޓްރީގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދެބޭފުޅުންގެ ބައްދަލުވުމުގައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރެވި، ޚިޔާލު ބަދަލު ކުރެވުނު ކަމަށެވެ.

އުގެއިލް ވަނީ އިއްޔެ ސައެންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލާވެސް ބައްދަލު ކުރައްވައި ޓެކްނޮލޮޖީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

އުގެއިލް ވަނީ ރައީސުލް ޖުމުހޫރިއްޔާ އުފައްދަވާފައިވާ ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.